ވިލާ ކޮލެޖް

ރާއްޖޭގެ ފުރަތަމަ ސައިކޮލޮޖީ ލެބް ވިލާ ކޮލެޖުގައި ގާއިމްކޮށްފި

ރާއްޖޭގެ ފުރަތަމަ ސައިކޮލޮޖީ ލެބް ވިލާ ކޮލެޖުގައި ގާއިމްކޮށް އިފްތިތާހު ކޮށްފި އެވެ.

މިއަދު އެ ލެބްގައި ބޭއްވި ރަސްމިއްޔާތެއްގައި ލެބް އިފްތިތާހު ކޮށްދެއްވީ ޑރ. އާފިއާ އަލީ އެވެ.

މިއީ ސައިކޮލޮޖީގެ ދާއިރާއިން އެކްސްޕެރިމެންޓަލް ލާނިން ނުވަތަ ތަހުލީލީ އުނގެނުން އިތުރު ކުރަން ދަރިވަރުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ލެބެކެވެ.

ވިލާ ކޮލެޖުން ބުނީ އެ ކޮލެޖުން އަބަދުވެސް ދަރިވަރުންގެ ކިޔެވުމާއި ދާއިރާއިން ތަޖުރިބާ އާއި ހުނަރު އިތުރުވާ ފަދަ ކަންތައްތައް ތައާރަފު ކުރަން މަސައްކަތް ކުރާ ކަމަށާއި އެގޮޮތުން އަލަށް ހުޅުވި ލެބާއެކު ސައިކޮލޮޖީގެ ދާއިރާއިން ވިލާ ކޮލެޖުން މަތީ ތައުލީމް ޙާސިލްކުރާ ދަރިވަރުންނަށް ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ވިލާ ކޮލެޖުން އަންނަ ޖެނުއަރީއަށް ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ސައިކޮލޮޖީ ދާއިރާއާއި އަދި އެނޫންވެސް އެކި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ ހަތަރަކާ ހަމައަށް ދީފައި ވެއެވެ.