ކްލިކް ކޮލެޖް

ކްލީކް ކޮލެޖުން އަލްފާ ބިޒްނަސް ސްކޫލާ ގުޅިގެން އޭސީސީއޭގެ ޕްރޮފެޝަނަލް ކޯސްތަކެއް

ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ ކްލީކް ކޮލެޖުން ސްރީލަންކާގެ އަލްފާ ބިޒްނަސް ސްކޫލާ ގުޅިގެން އެސޯސިއޭޝަން އޮގް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ ކޯސްތަކެއް ކުރިއަށްގެންދަން ނިންމައިފި އެވެ

މިއީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭ ސްކީމް އަދި ހަޔާ އެޑިއުކޭޝަންގެ ޗާޓާޑް އެކައުންޓަންޓްސް ތަމްރީނުކުރުމުގެ ސްކީމްގެ ދަށުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުޅުވާލާ ފުރުސަތެކެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ

އަލްފާ ބިޒްނަސް ސްކޫލާ ގުޅިގެން ކުރިއަށް ގެންދާ މި ކޯސްތަކުގައި އޭސީސީއޭ ދަރިވަރުންނަށް އުނގަންނައިދިނުމުގެ ތެރެއިން ސްރެޓީޖިކް އަދި މަސަތްކަތުގެ މާހައުލާއި ގުޅޭ ފަންނީ އެތަކެއް ހުނަރުތަކެއް މި އިންސްޓިޓިއުޓްއާއި ގުޅިގެން ދަސްކޮށްދެވޭނެއެވެ. އަލްފާ ބިޒްނަސް ސްކޫލަކީ އެންމެ މަތީ ފަންތީގެ އޭސީސީއޭ އިންސްޓިޓިއުޓެކެވެ

އަލްފާ ބިޒްނަސް ސްކޫލާއެކު ކްލީކުން ހެދި ޕާޓްނަރޝިޕްގެ ދަށުން ދުނިޔޭގެ އެންމެ ފުންނާބު އުސް ލެކްޗަރާއިން ކަމަށްވާ ޑރ. ޝާން ޖަޔާސޭކަރާ އާއި ޝެހާން ފެނާންޑޯ އަދި ޕްރަސެންނާ ބާލަ ޗަންދުރަން އަދި ޑެމިއަން ލެބްރޯއީގެ އިރުޝާދުގެ ދަށުން "އޭސީސީއޭ އެޕްލައިޑް ނޮލެޖް ލެވެލް، އެޕްލައިޑް ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް" ދަރިވަރުންނަށް ލިބިގެންދާނެއެވެ

މި ލެކްޗަރަރއިންނަކީ އެތަކެއް ދަރިވަރުންނަށް އޭސީސީއޭ އިމްތިހާނުތަކުގައި ދުނިޔޭގެ ފެންވަރުގެ ރަން ވަނަތަކެއް ހާސިލްކުރުމަށް އެހީތެރިވެދީފައިވާ ބޭފުޅުންނެވެ. އަދި މި ބޭފުޅުން ކްލީކްގެ ކެމްޕަހަށް އައިސް ސެޝަންތައް ނަގައިދޭނެ އެވެ

މީގެ އިތުރުން އޮންލައިންކޮށްނަގާދޭ ކުލާސްތަކަށް އަލްފާ ބިޒްނަސް ސްކޫލުގެ ފުންނާބު އުސް ލެކްޗަރަރސްއުންގެ އެހީތެރިކަން ލިބޭނެ އެވެ

ކްލީކް ކޮލެޖުގެ މި ކޯސްތަކަކީ އެމްކިއުއޭ އެޕްރޫވްޑް ޕްރޮގްރާމް ތަކެކެވެ. ޖެނުއަރީ މިއިންޓޭކްގައި ކިޔަވަން ޝައުގުވެރިވާ ދަރިވަރުންނަށް އެޕްލައިކުރެވޭނެއެވެ. މި ކޯސްތަކާއިގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ 7728019 އަށް ގުޅާލައިގެން މައުލޫމަތު ސާފުކުރެވޭނެއެވެ. އަދި ކްލިކް ކޮލެޖުގެ ވެބްސައިޓް އިން ވެސް މައުލޫމާތު ލިބޭނެ އެވެ