މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ވިޔަފާރި ރަޖިސްޓްރީއާ ގުޅޭ ހުރިހާ ހިދުމަތެއް އޮންލައިންކޮށް

Dec 19, 2021

ވިޔަފާރި ރަޖިސްޓަރީއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދޭން ނިންމަައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އިދާރާ އިން ދެމުން ގެންދާ ވިޔަފާރި ރަޖިސްޓަރީއާ ބެހޭ ހުރިހާ ހިދުމަތެއް އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ދޭން ނިންމާފައި ވަނީ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށް ހާއްސަ ކޮށްގެން މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް މާދަމާއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވެސް މިނިސްޓްރީން ނިންމާފައިވެ އެވެ.

ވިޔަފާރި ރަޖިސްޓަރީއާ ގުޅޭ ބައެއް ހިދުމަތްތައް މިހާރު ހޯދަން ޖެހެނީ ކަމާ ގުޅޭ ލިޔުންތަކާއެކު އިކޮނޮމިކް މިނިސްޓްރީ އަށް ހާޒިރުވެގެނެވެ.

އިކޮނޮމިކް މިނިސްޓްރީން ދޭން ވިޔަފާރި ރަޖިސްޓަރީއާ ގުޅޭ ކަންކަމުގެ ތެރޭގައި ވިޔަފާރިއެއްގެ ގޮތުގައި ކުންފުނި ރަޖިސްޓްރީ ކޮށްދިނުމާއި، ކުންފުނީގެ ނަމާއި، ޓްރޭޑްމާކާއި، ލޯގޯ، ތައްގަނޑު ވަކިން ރަޖިސްޓްރީ ކޮށްދިނުން ހިމެނެ އެވެ.