އެޗްޑީސީ

އެޗްޑީސީ މައިހުޅުމާލެ ޕޯޓަލަށް އާ ހިދުމަތްތަކެއް

އެޗްޑީސީގެ މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އާ ހިދުމަތްތަކެއް ދޭން ފަށައިފި އެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ބަލަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ހިދުމަތްތައް ދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމްކޮށްދިނުމަށް ކަމަށެވެ. އެގޮތުން މީގެކުރިން ސިޓީ މެދުވެރިކޮށް ދެމުން ގެންދިޔަ ބައެއް ހިއްދުމަތްތައް މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް، ދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މައިހުޅުމާލެ ޕޯޓަލްއަށް އަލަށް ތައާރަފްކުރި ހިދުމަތްތައް

  • އިމާރާތެއް ތަޅާލުމުގެ ހުއްދަ
  • ގޯތީގެ އިމުގައި ފެންސް ޖެހުމުގެ ހުއްދަ (ހަމައެކަނި ސޯޝަލް ހައުސިން ފްލެޓްތަކަށް)
  • އިންފާރު ރޭނުމުގެ ހުއްދަ

މީގެއިތުރުން އިމާރާތްކުރުމާ ބެހޭ ގަވާއިދުގެ 119 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިމާރާތް ތަޅާލުމުގެ ހުއްދައަށް އެދޭ ފޯމާއި އިންފާރު ރޭނުމަށް އެދި ހުށަހަޅާ ފޯމަށް 100 ރުފިޔާގެ ފީއެއް ނަގާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

މައިހުޅުމާލެ ޕޯޓަލް އެޗްޑީސީން ތައާރަފުކޮށްފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހު އެވެ. އެ ޕޯޓަލް މެދުވެރިކޮށް އެޗްޑީސީން ގިނަ ހިދުމަތްތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.