ހުޅުމާލެ

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން 15 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހުޅުމާލެ ހުޅަނގު ބިތުން ކުރިން ޔޮޓް މެރީނާ އަޅަން ނިންމި ސަރަހައްދުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ 10 ހެކްޓަރުގެ ބިން ހިއްކާ ނިންމުމަށްފަހު ދެވަނަ ފިޔަވަހީގައި ހިއްކަން ހަމަޖެހިފައިވާ ޖުމްލަ 29 ހެކްޓަރުގެ ތެރެއިން ފަސް ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

މިހާރު ކުރިއަށް ދަނީ ދެވަނަ މަރުހަލާގެ ބިން ހިއްކުމުގެ މަސައްކަތެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 259.2 މިލިއަން ރުފިޔާ އަށެވެ.

ސީއެމްސީސީ އަކީ ފުށިދިއްގަރުފަޅު -- ރަސްމާލެ ހިއްކުމުގެ މަޝްރޫއުވެސް ހިންގާ ކުންފުންޏެވެ.