އިބްރާހިމް ފަޒުލް ރަޝީދު

ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށްފި

އިބްރާހީމް ފަޒުލް ރަޝީދު -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅޭ މ. ޒޭވަރު ގެ ފުލުހުން ބަލައިފާސްކޮށްފި އެވެ.

ފުލުހުން އެ ގެ ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގަ އެވެ.

އެ ގެ ބަލައިފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފަޒުލް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

އޭނާ އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ކުށްތަކެއްގައި ތުހުމަތުކުރެވި ދައުލަތުގެ އިދާރާތަކުން އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ވަގުތެއްގައެވެ.

މިމައްސަލަތައް ފެންމަތިވުމާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ތުހުމަތުކުރެވޭ ހުރިހާ ކަމަކަށްވެސް އިންކާރުކުރައްވާފަ އެވެ. އަދި އެކަންކަމަށް ޖަވާބުދާރީވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910