މޯލްޑިވްސް ޕޮލިސް ސާވިސް

ގޯތިތަކުގެ މައްސަލަ: ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް -- ފޮޓޯ: އަވަސް
0%
0%
0%

ބިންވެރިޔާ ސްކީމާއި ގުޅޭ މައްސަލައާ ގުޅިގެން ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ކުރިއަށް ގެންދާ ބޮޑު ތަހުގީގާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓި އެވެ.

ފުލުހުން މިއަދު ބުނީ ބިންވެރިޔާ ހައުސިން ސްކީމާއި ގުޅުންހުރި މައްސަލައާ ގުޅިގެން، ކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ.

ޕާސްޕޯޓް ދޫކުރި މީހުންގެ ތަފުސީލު ހާމަނުކުރި ނަމަވެސް ފުލުހުން ބުނީ ދަތުރުކުރުން މަނާކުރުމުގެ އަމުރު ބާތިލުކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒީލްގެ ނަން ހިމެނިފައި ނެތް އިރު އޭނާއަށް ކޮންމެވެސް ފަރާތަކުން ވަނީ ގޯތީގެ ރަޖިސްޓަރީއެއް ހަދައިދީފަ އެވެ. އެގޮތަށް އެހެން ބައެއް މީހުންނަށްވެސް ރަޖިސްޓަރީ ހަދައިދީފައިވާ ކަމަށްވެ އެވެ.

މިމައްސަލަ ފެންމަތިވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް ވަނީ މިކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފަ އެވެ. މިމައްސަލައިގެ ތަހުގީގު ފުލުހުންގެ އިތުރުން އޭސީސީ އިން ވަނީ ފަށާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910