ދުނިޔެ

އިނގިރޭސި ޓްރެޜަރީ ވަޒީރު ޓިއުލިޕް ސިއްދީގު އިސްތިއުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ޓްރެޜަރީ މިނިސްޓަރު ޓިއުލިޕް ސިއްދީގު އިސްތިއުފާ ދެއްވައިފި އެވެ. ޓިއުލިޕް އިސްތިއުފާ ދެއްވާފައި މި ވަނީ ބަންގްލަދޭޝްގައި އޭނާއާ ދެކޮޅަށް ކޮރަޕްޝަން މައްސަލަތަކެއް ތަހުގީގުކުރަން ފަށާފައި ވަނިކޮށެވެ.

ބަންގުލަދޭޝް އަކީ ޓިއުލިޕް ސިއްދީގުގެ އާއިލާ އޮންނަ ގައުމެވެ. އޭނާ އަކީ އިނގިރޭސި ރައްޔިތެއް ނަމަވެސް، އާއިލާ ނިސްބަތް ވަނީ ބަނގުލަދޭޝް އަށެވެ. ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަކީ ޓިއުލިޕްގެ ބޮޑުދައިތަ އެވެ.

ޓިއުލިޕް ސިއްދީގު އިސްތިއުފާދެއްވި ނޯޓުގައި ވިދާޅުވެފައިވާ ގޮތުން ވަޒީރުގެ މަގާމުގައި ހުންނަވައި މަނާ އެއްވެސް ކަމެއް ކުރައްވާފައެއް ނުވާނެ އެވެ. އެ ފަދަ ތުހުމަތެއް އޭނާގެ ބޮލުގައި އެޅިގައި ނުވަތަ އަޅުވާފައި އޮތް ނަމަ ދައްކާނެ ހެއްކެއް އެއްވެސް ބައެއްގެ އަތުގައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓިއުލިޕް ވިދާޅުވި ގޮތުން އިސްތިއުފާ ދެއްވީ މަގާމުގައި ދެމިހުންނަވައިފި ނަމަ ތަހުތީގަށް ނުތަނަވަސްކަމެއް އަތުވެދާނެތީ އެވެ. އަދި އިނގިރޭސި ސަރުކާރާއި ބަންގުލަދޭޝްގެ ސަރުކާރާ ދެމެދު ކުރެވޭ މުއާމަލާތްތަކަށް އޭނާގެ ހާޒިރުގައި މަޝްވަރާކުރެވިދާނެތީ އެވެ.

ޝަރުއީ ދާއިރާއަކުން އޭނާއާ ސުވާލުކޮށްފި ނަމަ އޮޅުވާލުމެއް ނެތި ދެފުށް ހާމަކޮށް މައުލޫމާތު ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓިއުލިޕަށާއި އާއިލާއަށް ތުހުމަތުކުރެވެނީ މަނީ ޅޮންޑަރިން މައްސަލަތަކެއްގަ އެވެ. ބަންގުލަދޭޝްގައި އިންވެސްޓްކުރަން ބޭރު ގައުމުތަކުން ހުށަހެޅި ފައިސާތަކަކަށް -- ޝައިޚް ހަސީނާގެ ވެރިކަމުގައި ހެދި ގޮތް ލިޔުންތަކުން ފެންނަން ނެތުމުން އެ ފައިސާގައި ހަސީނާގެ އާއިލާ ޖެހިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމެޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތު ޓުއިލާއި އޭނާގެ މަންމަގެ އިތުރުން ކޮއްކޮ އަދި ބޭބެއަށް ވެސް ކުރެވެ އެވެ.