މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އިންސްޓޯލްމަންޓަށް ސައިކަލް ވިއްކުން ހުއްޓާލައިފި

ސައިކަލްތަކެއް ޕާކްކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގައި ސައިކަލް ވިއްކާ ކުންފުނިތަކުން އިންސްޓޯލްމަންޓަށް ސައިކަލް ވިއްކުން ހުއްޓާލައިފި އެވެ.

އަވަސްއާ މިއަދު ވާހަކަދެއްކި ބައެއް ކުންފުނިތަކުން ބުނީ އިންސްޓޯލްމަންޓަށް ސައިކަލް ވިއްކުން ހުއްޓާލަން މަޖުބޫރުވީ ޓްރާންސްޕޯޓް މިނިސްޓްރީން ގަވައިދަށް ގެނައި ބަދަލާ ގުޅިގެން ކުންފުނިތަކަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ގަވައިދަށް މިހާރު ގެނެސްފައިވާ ބަދަލާ ގުޅިގެން ސައިކަލް އިންސްޓޯލްމަންޓަށް ނަގާފައި ހުރި ނަމަވެސް ރަޖިސްޓްރީ ހަދަންޖެހެނީ އެ ނަގާ މީހާގެ ނަމުގަ އެވެ. އެހެންކަމުން ސައިކަލްގެ ރަޖިސްޓަރީ ބޯޑުގައި "ސީ"ގެ ބަދަލުގައި އިންނަންޖެހޭނީ "ޕީ" ޖެހި ބޯޑެކެވެ.

ކުންފުނިތަކުން ބުނީ މިނިސްޓްރީން ގަަވައިދަށް ގެނައި ބަދަލާ ގުޅިގެން ވިޔަފާރިއަށް ވެސް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. އެހެންވެ މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގަވައިދަށް ގެނައި ބަދަލާ ގުޅިގެން އިންސްޓޯލްމަންޓަށް ނަގައި ސައިކަލްގައި "ޕީ" ބޯޑު ޖެހުމަށްފަހު ސައިކަލް ނެގި މީހާގެ ނަމަށް ސައިކަލް ރަޖިސްޓްރީ ކުރާ ފަހުން އެމީހާ ސައިކަލަށް ފައިސާ ނުދެއްކި ނަމަވެސް ވިއްކި ފަރާތަށް ސައިކަލް އަނބުރާ ނެގޭނެ ގޮތެއް ނޯވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910