އައްޑޫ ސިޓީ

ދުބާއީން ސީދާ އައްޑޫއަށް، ބޮޑު ފަސޭހައެއް

Oct 12, 2022

ފްލައި ދުބާއީގެ ދަތުރުތައް ދުބާއީން ސީދާ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުުރުތައް ފެށުމަށް ނިންމައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ފަށާ ދަތުރުތަކާ އެކު އައްޑޫ ސިޓީއަށް ކޮންމެ ދުވަހަކު ވެސް އެއް ދަތުރުކުރަން ވަނީ ނިންމާފަ އެވެ.

އައްޑޫ ސިޓީއަށް ކުރާ ދަތުރުތަކާ އެކު ފްލައި ދުބާއީ ރާއްޖެއަށް ހަފުތާއަކު ކުރާ ދަތުރުތަކުގެ އަދަދު 28 އަށް އިތުރުވާނެ އެވެ.

ދުބާއީން އައްޑޫއަށް ބިޒްނަސް ކުލާހުގައި ދަތުރުކުރާނަމަ ދެކޮޅު ޓިކެޓްގެ އަގަކީ 1،600 ޑޮލަރު -- 24،672 ރުފިޔާ އެވެ. އިކޮނޮމީ ކުލާހުގައި ދެކޮޅު ޓިކެޓްގެ އަގަކީ 550 ޑޮލަރު -- 8،481 ރުފިޔާ އެވެ.

ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިވަގުތު ބައިނަލްއަގްވާމީ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން އެއާލައިންސް އެވެ.