ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ފިއްޓޭއަށް ނޭނގި ޕީއެންސީއަށް، ގޮނޑިއާ މެދު ސުވާލު އުފެދޭ!

ހުސައިން ޒިޔާދު (ފިއްޓޭ)
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ވެރިކަން ކުރާ ޕީއެންސީއަށް ވައްދާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފިއްޓޭ ވަނީ މިކަން މީޑިއާއަށް ޔަގީންކޮށްދެއްވާފަ އެވެ.

ފިއްޓޭ ޕީއެންސީއަށް ވައްދާފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާއާއި އެކު މަސައްކަތް ކުރި ވައިކަރަދޫ ދާއިރާގެ އެތައް ރައްޔިތަކާވެސް އެކު އެވެ.

ޕީއެންސީއަށް ވެއްދި މީހުންގެ ތެރޭގައި ފިއްޓޭގެ އިތުރުން އޭނާގެ ކެމްޕޭން މެނޭޖަރުވެސް ހިމެނެ އެވެ.

ފިއްޓޭ ވިދާޅުވި ގޮތުގައި އޭނާ ހުންނެވި ޕާޓީ އިން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މެސެޖެއް ފޮނުވާނެ ކަމަށާއި އެ މެސެޖުވެސް ލިބިފައި ނުވާ ކަމަށެވެ.

ގާނޫނުއަަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހާ ގުޅިގެން ފިއްޓޭގެ މަޖިލިސް ގޮނޑިއާ މެދު މިބަދަލާ އެކު ސުވާލު އުފެދެ އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފިނަމަ މެންބަރު ކަމުން ވަކިވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910