ހުޅުމާލޭގެ ސިނާއީ ސަހަރަހައްދުގައި އަށް ބުރިއަށް އިމާރާތް ކުރަން ހުއްދަ ދީފި އެވެ.
ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި މީގެކުރިން އިމާރާތް ކުރަން ހުއްދަ ދީފައިވަނީ ހަ ބުރިއަށެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އަށް ބުރިއަށް އިމާރާތް ކުރަން ހުއްދަ ދޭން ނިންމާފަ އެވެ.
އެޗްޑީސީން ބުނީ މި ބަދަލު ގެނައެމުގެ މައިގަނޑު އެއް ބޭނުމަކީ ސިނާއީ ސަރަހައްދަށް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން ހުޅުމާލޭގައި ހިންގަމުންދާ ވިޔަފާރިތަކަށްވެސް ގިނަ ފައިދާ ހުރި ފުރުސަތުތަކެއް ފަހި ކޮށްދިނުން ކަމަށެވެ.
މި ބަދަލާއެކު ސިނާއީ ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުވެގެން ދިޔުމުގެ އިތުރުން ސިނާއީ ސަރަހައްދުގައި ހުރި އިމާރާތް ތަކުގައި ހިދުމަތް ހޯދުމާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެމީހުންގެ ފިޔަފާރި ފުޅާކުރަން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
އެޗްޑީސީން ބުނީ ބަލަނީ ރައްޔިތުން އެދޭ ކަންކަން ވީހާވެސް ގާތުން ބަލައި އޮޅުންފިލުވުމަށްފަހު އެ ކަންތައްތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
ހުޅުމާލޭގެ ސިނާއީ ސަރަހައްދަކީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީ ބޮޑުވެ ކުރިއަރަމުންދާ ވިޔަފާރިތައް ގިނަވުމުގެ ސަބަބުން ބޭނުންވާނެ އިތުރު އެކި އެކި ވަސީލަތްތައް ގާއިމުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ސަރަހައްދެކެވެ.