ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

90 ޕަސެންޓް ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގެ ދަށުން 90 ޕަސެންޓް ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ހަވަނަ ވަނަ ދުވަހާއި ހަމައަށް 36029 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އެއީ 218 ސްކޫލަކުންނެވެ. އަތޮޅުތެރެއިން 23106 ދަރިވަރުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 12923 ދަރިވަރުން ނެވެ.

ވެކްސިން ދެވަނަ ޑޯޒް މިހާތަނަށް ޖަހާފައިވަނީ 32358 ދަރިވަރުން ނެވެ. އެއީ މާލޭ ސަރަހައްދުން 11225 ދަރިވަރުންނާއި އަތޮޅުތެރެއިން 21133 ދަރިވަރުންނެވެ. އެޑިއުކޭޝަނުން ބުނީ 90.1 ޕަސެންޓް ދަރިވަރުން ވަނީ ވެކްސިން ފުރިހަމަކޮށްފައި ކަމަށެވެ.

ސުކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖަހައި ދެމުން އަންނަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އެ ކުދިންނަށް ޖަހައި ދެނީ ފައިޒާ ވެކްސިނެވެ.

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން އޮގަސްޓު ނުވަ ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ 40000 ދަރިވަރުންނަށް ވެކްސިން ދިނުމެވެ.