މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އިކޮނޮމިކް މިނިސްޓްރީގެ ސާވިސް ސެންޓަރެއް

Jan 18, 2022
1

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަކުގެ މައުލޫމާތު ދޭން ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

"1500 ހެލްޕް" ނަމުގައި މި ސެންޓަރު ހުޅުވީ ބޮޑުތަކުރުފާނު މަގުގައި، އެމްޓީސީސީގެ ހުޅުމާލެ ފެރީ ޓާމިނަލް އިމާރާތުގަ އެވެ.

މި ސެންޓަރުން އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދޭނެ އެވެ. އަދި މިނިސްޓްރީގެ ހިދުމަތަކަށް އެދި ހުށަހަޅާ އެޕްލިކޭޝަނެއް ޕްރޮސެސް ކުރުމުގައި ދައްޗާ ދިމާވާނަމަ އެކަން ހައްލު ކުރަން މަސައްކަތް ކޮށްދީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި އެހީ ވެދޭނެ އެވެ.

މީގެ އިތުރުން ހިދުމަތަށް އެދި އޮންލައިންކޮށް ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ އެޕްލިކޭޝަން ހުށަހަޅަން އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށް މި ސެންޓަރު ހުޅުވާނެ އެވެ.