ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދުބާއީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Jan 19, 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް ދުބާއީއަށް ވަޑައިގެންފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ރައީސްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ދުބާއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު، ޝައިހް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ދުބާއީއަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ހަފުލާގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެ ރަސްމިއްޔާތަށް ފަހު އެމަނިކުފާނު ވަނީ ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯގައި ބަހައްޓާފައިވާ ޕެވިލިއަންތަކުގެ ތެރޭން ރާއްޖޭގެ ޕެވިލިއަންގެ އިތުރުން އިތުރު ގައުމުތަކުގެ ޕެވިލިއަން އަށް ޒިޔާރަތް ކުރައްވައި އެ ތަންތަން ބައްލަވާލައްވާފަ އެވެ.