ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފުރާވަޑައިގެންފި އެވެ. ރައީސް ފުރާވަޑައިގަތީ މިއަދު ހެނދުނު އެވެ.
ރައީސްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، މާދަމާ ބާއްވާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތާއި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.