ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔުމްނާ މައުމޫން

މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jan 23, 2022

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ހުން އައުމާއި، ކަރުގައި އަދި ގައިގައި ރިއްސުމުގެ އުދަނގޫ ތަހައްމަލް ކުރަންޖެހިފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާލަތުގައި އެކަމަނާގެ އާއިލާއާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ހައި ރިސްކު މީހުން ބަލިން ރައްކާތެރިކުރުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

މިނިސްޓަރު ޔުމްނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މެޑަމް ނަސްރީނާ އިބްރާހީމް ވެސް މީގެކުރިން ކޮވިޑަށް ޕޮޒިޓިވް ވުމުން ފަރުވާ ހޯއްދަވާފައިވެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެެވެ. އެގޮތުން މިފަހުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ އިއްޔެގަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް 2،349 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެ އަދަދާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 114،977 އަށް އަރާފަ އެވެ