އަބްދުﷲ ޝާހިދު

ޝާހިދު ބަހުރައިނަށް

Jan 24, 2022

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ބަހްރައިނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި އެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި އިއްޔެ ބަހްރައިންގެ ހާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލު ކުރައްވާ އެކި ދާއިރާތަކުން އދ. އާއި ބަހްރައިންއާ ދެމެދު ގުޅުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވި އެވެ.