ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 272 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ މެންދަމު 12:24 ގައި މަރުވެފައި ވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ ކޮވިޑް ޖެހިގެން އދ. ދަނގެތި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 272 އަށް އަރާފަ އެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 16،666 މީހުންނެވެ. މިހާތަނަށް 105،827 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 57 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.