ހުޅުމާލެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުން ޖެނުއަރީގައި

Dec 19, 2015
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށޤ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 40.39 މިލިއަން ޑޮލަރަށް އިންޑިއާގެ ދެކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކާ އެވެ. އެ މަސައްކަތުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތާއި މައި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެ އެވެ.

މި މަޝްރޫއުގައި މަގުތަކުގެ ޕޭމަންޓް ހެދުމާއި ލައިޓް ހަރުކުރުމާއި، މަގުތަކުގެ ޓްރެފިކް ނިޝާންތައް ހަރުކޮށް 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.