ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތާ ފެނަކަ ކޯޕަރޭޝަނުން ހަވާލުވެއްޖެ އެވެ.
ހުރާގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ދެމުން ގެންދިޔައީ އެ ރަށު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
ހުރާގައި އަންގާރަ ދުވަހު ބޭއްވި ރަސްމިޔާތެއްގައި ހުރާ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހުރާ ކައުންސިލުގެ ރައީސް އީސަ އަހްމަދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ހުރާގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.