މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީން އަންހެނުންގެ ދުވަހަށް ހާއްސަ ޖަލްސާއެއް

Mar 7, 2022
1

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޕީން ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާ ބާއްވަމުން އަންނަ "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާ މި ހަފްތާ ހާއްސަކޮށްފައި ވަނީ އަންހެނުންނާ ގުޅޭ މައްސަލަތަކަށެވެ.

މި ޖަލްސާގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވުމަށް އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމު ވަނީ އާންމުކޮށް ހުރިހާ އަންހެން ބޭފުޅުންނަށް ދައުވަތު ފޮނުއްވާފަ އެވެ.

އެމްއެންޕީ އިން ބުނީ މާދަމާ ރޭ 9:00 ގައި މި ޖަލްސާ ބާއްވާނީ ސިއްތިމާވާ ހިނގުމުގައި ހުންނަ އެ ޕާޓީގެ ޖަގަހައިގައި ކަމަށެވެ.

މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެމްއެންޕީން ވަނީ އެދިފަ އެވެ.