LIVE UPDATES

ބޫޓާން ކޮޅަށް ތިންލަނޑު ޖަހައި ރާއްޖެ މޮޅުވެއްޖެ

Updated:
  • ރާއްޖޭގެ ތިން ފޯވާޑުން ވަނީ ލަނޑުޖަހާފައި
  • ގިނަ ފުރުސަތުތަކެއް ބޭކާރު ވެގެންދިޔ
  • ރާއްޖެ ދެން ބައްދަލު ކުރާނީ ބަންގުލަދޭޝްއާ

ގްރޫޕް ބީގެ ކުޅުން މިއަދު ފަށާއިރު މި ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާނާއި ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ބަނގްލަދޭޝް އާއި ދިވެހިރާއްޖެ އަދި ސަރަހައްދުގެ އެންމެ ބަލި ގައުމު ބޫޓާނެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 3:30 ގައި ވާދަމިކުރަނީ ރާއްޖެ އާއި ބޫޓާނެވެ. އަފްގާނިސްތާނާއި ބަނގްލަދޭޝް މެޗު ފަށާނީ އިރުއޮއްސި 6:30ގަ އެވެ. މުބާރާތް ހުޅުވަން އިއްޔެ ކުޅުނު ގްރޫޕް އޭގެ މެޗުން ނޭޕާލް އަތުން ސްރީލަންކާ މޮޅުވީ 1-0 އިންނެވެ.


ބޫޓާނާއި ރާއްޖެ އެންމެ ފަހުން ބައްދަލުކުރީ މީގެ ދެ މަސްކުރިން ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ބޫޓާނުގެ ވެރިރަށް ތިމްޕޫގައި ކުޅުނު މެޗު 4-3އިން ކާމިޔާބު ކުރީ ރާއްޖެ އެވެ. 1997 ވަނަ އަހަރު ބާއްވަން ފެށި ސާފް ޗެމްޕިއަންޝިޕުގައި ބޫޓާނަށް މިހާތަނަށް ދުވަހަކު ވެސް ރާއްޖެ ބަލިކުރެވިފައެއްނުވެ އެވެ.


ސާފް ޗެމްޕިއަންޝިޕުގައި ބޫޓާނާއި ރާއްޖޭގެ ނަތީޖާތައް:

2003 ބޫޓާން 0 – ދިވެހިރާއްޖެ 6


ފުޓްބޯޅައިގައި ރާއްޖެ އެންމެ ފުރަތަމަ މެޑެއްޔެއް ހޯދީ ބޫޓާން ބަލިކޮށްފަ އެވެ. އެއީ 1979 ވަނަ އަހަރު ކޮމޯރޯސްގައި ބޭއްވި ސާފް ގޭމްސްގެ ތިން ވަނަ ހޮވި މެޗުން މޮޅުވެގެންނެވެ.