LIVE UPDATES

ދިވެހިރާއްޖެ 2 އިންޑިޔާ 3

Updated:
  • ސެމީގައި ކުރިން ހަތަރު ފަހަރު އިންޑިޔާ ރާއްޖެ ބަލިކުރި
  • ދިވެހި ކޯޗް ބުނަނީ އަބަދު އެގޮތަށް ނޯންނާނެ ކަމަށް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަަލަށް ދިއުމަށް މިއަދު ދިވެހިރާއްޖެ އާއި އިންޑިޔާ ކުޅޭ މެޗު ފަށާނީ ތިނެއް ޖަހާއިރު އެވެ.

މުބާރާތް ބާއްވާ އިންޑިޔާ ސެމީ ފައިނަލުން ޖާގަ ހޯދީ ލަންކާ އާއި ނޭޕާލް ބަލިކޮށް ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ރާއްޖެ ސެމީން ޖާގަ ހޯދީ ބަނގްލަދޭޝް އާއި ބޫޓާން ބަލިކޮށް، އަފްގާނިސްތާން އަތުން ބަލިގެން ގްރޫޕުގެ ބީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

މި މުބާރާތުގައި މިހާތަނަށް ރާއްޖެ އާއި އިންޑިޔާ ނުވަ ފަހަރު ބައްދަލުކޮށްފައިވާއިރު ރާއްޖެ މޮޅުވީ 2008 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގަ އެވެ. ސެމީ ފައިނަލުގައި މި ދެ ގައުމު މިހާތަނަށް ހަތަރު ފަހަރު ކުޅެގެން ވެސް މޮޅުވީ އިންޑިޔާ އެވެ.

ނަމަވެސް ރާއްޖޭގެ ކޯޗު ރިކީ ހާބަޓް ބުނަނީ އަބަދު އެއްގޮތަކަށް ނަތީޖާ ނުނުކުންނާނެ ކަމަށާއި އުއްމީދަކީ ފައިނަލް ކުޅުން ކަމަށެވެ. އިންޑިޔާގެ ކޯޗު ވެސް ވަނީ ރާއްޖެ ބަލިކުރަން އުނދަގޫވާނެކަން ފާހަގަކޮށްފަ އެވެ.