LIVE UPDATES

ބޫޓާން 0 ބަނގްލަދޭޝް 3

Updated:
  • މެޗް ކުޅޭ އިރު ދެ ޓީމް ވެސް ވަނީ ކަޓާފައި
  • އެކަމަކު ދެ ޓީމަށް ވެސް މެޗް މުހިންމު

ސާފް ސުޒުކީ ކަޕުގެ ގްރޫޕް ބީގައި މިއަދު ބޫޓާނާއި އަފްގާނިސްތާން ކުޅޭއިރު އެ ދެ ޓީމު ވެސް ވަނީ މުބާރާތުން ކަޓާފަ އެވެ. މިހެންވެ ދެ ޓީމަށް މެޗުގެ މުހިންމުކަން އޮތީ ގްރޫޕުގެ ފުލުން ސަލާމަތްވުމަށް އެކަންޏެވެ. މިވަގުތު ގްރޫޕުގެ ފުލުގައި އޮތީ ބަނގްލަދޭޝް އެވެ.

އެއީ ގެއްލުން ގޯލުގެ ތަފާތުންނެވެ. ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން ބަލިވީ 4-0އިންނެވެ. ފަހު މެޗުގައި ރާއްޖެ އަތުން ބަލިވީ 3-1އިންނެވެ. ބޫޓާން ވެސް ރާއްޖެ އަތުން ބަލިވީ ހަމަ މިނަތީޖާއިންނެވެ. އަފްގާނިސްތާން އަތުން ބޫޓާން ބަލިވީ 3-0އިންނެވެ.