LIVE UPDATES

އަފްގާނިސްތާން 4 – ދިވެހިރާއްޖެ 1

Updated:

ސާފް ސުޒުކީ ކަޕުގައި މިރޭ 18:30ގައި ދިވެހިރާއްޖެ އާއި އަފްގާނިސްތާން ކުޅޭ މެޗަކީ ގްރޫޕް ބީގެ އެންމެ ފަހު މެޗެވެ. މި މެޗަށް ސެމީ ފައިނަލަށް ހޮވިފައިވާ މި ދެ ޓީމު ވެސް ނުކުންނަނީ ގްރޫޕުގެ ކުރި ހޯދުމަށެވެ. ރާއްޖެ އަށް ގްރޫޕުގެ ކުރި ލިބޭނީ އަފްގާނިސްތާން ބަލިކޮށްގެން އެކަންޏެވެ.

މިއަދުގެ މެޗަށް މި ދެ ޓީމު ނުކުންނައިރު ގްރޫޕުގެ ދެ ވަނަ ލިބޭ ޓީމު ސެމީ ފައިނަލުގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ އަދި މުބާރާތް ބާއްވާ ގައުމު އިންޑިޔާއާ އެވެ. އެއްވަނަ ޓީމު ކުޅެން ޖެހޭނީ ގްރޫޕް އޭގެ ދެ ވަނަ ޓީމު ސްރީލަންކާއާ އެވެ.

މިއަދުގެ މެޗަށް ދެ ޓީމު ވެސް ނުކުންނައިރު ފުރަތަމަ 11 އަށް ބަދަލު އަތުވެދާނެ ކަމަށް ދެ ޓީމުގެ ކޯޗުން ވެސް ބުނެ އެވެ. ރާއްޖެ އާއި އަފްގާނިސްތާނަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން ކުރީގައިވަނީ ޗެމްޕިއަން އަފްގާނިސްތާނެވެ. އެ ޓީމުގެ 20 ކުޅުންތެރިންގެ ތެރެއިން 18 ކުޅުންތެރިންނަކީ ޔޫރަޕުގައި ކުޅޭ ކުޅުންތެރިންނެވެ.