ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މިރޭ ގައުމާ މުހާތަބު ކުރައްވަނީ

ރައީސް ސޯލިހް މިރޭ ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ ރައީސް ސޯލިހް މިރޭ 8:00 ޖަހާއިރު ސަރުކާރުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ގައުމާ މުހާތަބު ކުރައްވާއިރު ދުނިޔެ ކަންބޮޑުކުރުވި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އާއި 2019 ވަނަ އަހަރު ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

މިއީ މިދިޔަ މަހު ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު ރައީސް މިފަދަ ގޮތަކަށް ފެނިވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.