LIVE UPDATES

ހިތްދަތި ގޮތަކަށް ބަންގާޅު ބަލިކޮށް ރާއްޖެ ސެމީއަށް

Updated:
  • ރާއްޖެ މޮޅުވީ ފަހުވަގުތު ޖެހި ދެލަނޑުން
  • ކެޕްޓަން އަޝްފާގު ވަނީ ރާއްޖޭ ޕެނަލްޓީ ކާމިޔާބުކޮށްފައި
  • ބަލިވުމުން ބަންގާޅަށް މުބާރާތް ގެއްލުނީ

ސާފް ސުޒުކީ ކަޕުގެ ގްރޫޕް ބީގައި ދިވެހިރާއްޖެ އާއި ބަނގްލަދޭޝް ކުޅޭ މެޗަށް މަރުހަބާ!

މިއަދުގެ މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. މެޗު ކާމިޔާބު ކޮށްގެން ރާއްޖެ ސެމީ ފައިނަލަށް ދާން އޮތްއިރު މެޗުން ބަލިވެއްޖެނަމަ ބަނގްލަދޭޝް ކަޓާނެ އެވެ. އެއްވަރުވެއްޖެނަމަ ސެމީގެ ފުރުސަތު ދެ ޓީމަށް ވެސް އޮންނާނީ ހަމަހަމަކޮށެވެ.

މި ދެ ގައުމަކީ ވެސް މުބާރާތުގެ ކުރީގެ ދެ ޗެމްޕިއަނުންނެވެ. ރާއްޖެ ތަށި ހޯދީ 2008 ގައި އިންޑިޔާ ބަލިކޮށްފަ އެވެ. ބަނގްލަދޭޝް ތަށި ހޯދީ 2003 ގައި ރާއްޖެ ބަލިކޮށްފަ އެވެ. މިއަދުގެ މެޗަށް ދެ ޓީމުގެ ކޯޗުން ވަނީ ފުރަތަމަ 11 އަށް ބަދަލު އަތުވެދާނެ ކަމަށް ބުނެފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ މޮޅުވީ ބޫޓާން އަތުން 3-1 އިންނެވެ. ބަނގްލަދޭޝް ބަލިވީ ޗެމްޕިއަން އަފްގާނިސްތާން އަތުން 4-0 އިންނެވެ.