ދިރާގު

ދިރާގުޓީވީން ހަރަދަކާ ނުލާ ގިނަ ޗެނަލްތަކެއް

Apr 4, 2022

ރޯދަ ހަދިޔާއެއްގެ ގޮތުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު ހަރަދަކާ ނުލާ ބަލާލެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންގެ މެދުގައި ލަކީޑްރޯއެއް ނަގާނެ ކަމަށެވެ. މި ލަކީޑްރޯއިން ހޮވޭ ފަސް ކަސްޓަމަރަކަށް 10 މީހުންގެ ރޯދަވިއްލުމެއް ދޭނެ އެވެ.

ނަސީބުވެރި ފަރާތްތައް މިމަހުގެ 11 ވަނަ ދުވަހު ދިރާގު ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާން ކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރަން މިއީ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެ އެވެ.