މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް 25 ސައިކަލް ހޯދަނީ

Apr 19, 2022
3

ދިވެހި ފުލުހުންގެ ހިދުމަތަށް ގިނަ އަދަދެއްގެ މޮޓޯސައިކަލް ހޯދަން އިއުލާނު ކޮށްފި އެވެ.

ފުލުހުން އިއުލާނު ކޮށްފައި ވަނީ 125 ސީސީގެ 25 ސައިކަލް ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމަށެވެ. ފުލުހުން ބުނީ 25 ސައިކަލް ސަޕްލައި ކޮށްދޭން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް މިމަހު 26 ވަނަ ދުވަހުގެ ކުރިން އެ ފުރުސަތު ހުޅުވާލައިފައި ވާނެ ކަމަށެވެ.

މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

މިދިޔަ ޖެނުވަރީ މަހު ވެސް ފުލުހުން ވަނީ ސައިކަލު ހޯދަން އިއުލާނު ކޮށްފަ އެވެ. އެފަހަރު އިއުލާނުކޮށްފައި ވަނީ 75 ސައިކަލު ހޯދުމަށެވެ.

ފުލުހުންގެ ބޭނުމަށް އެއް ފަހަރާ ގިނަ އަދަދެއްގެ ސައިކަލް ހޯދާ ވަކި ސަބަބެއް ފުލުހުން ބުނެފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ގެންދަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު ފުލުހުންގެ ހިދުމަތް ގާއިމުކޮށް ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.