މަސްތުވާތަކެތި

ގެއެއްގައި ބަނގުރާ ކައްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

ގދ. ވާދޫގައި ބަނގުރާ ކައްކަމުދިޔަ ތިން މީހަކު، ބަނގުރަލާއެކު ހައްޔަރުކޮށްފި އެެވެ. މި އެންމެނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކުރީ އާއްމު ފަރާތަކުން ވާދޫ ގެއެއްގެ ތެރޭގައި ބަނގުރާކައްކާ ކަމަށް ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލާގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރިގެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 މިލި ލީޓަރުގެ ފުޅިއަކާއި ގްރެނިނީ ބްރޭންޑްގެ ފުޅިއެއް ފެނުނު އިރު މި ގެއަށް ފުލުހުން ދިޔަ އިރުވެސް އެ ގޭގެ ބަދިގެ ތެރޭގައި ބަޔަކު ދިޔައީ ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލާގައި ހައްޔަރުކުރި ޢުމުރުން 30 އަހަރުގެ މީހާ މަސްތުވާތަކެތީގެ މައްސަލަތަކުގަ އާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ބަދުއަހުލާގީ މައްސަލަތަކުގެ ކުށުގެ ރިކޯޑްސް އޮއްނަ އިރު، ޢުމުރުން 29 އަހަރުގެ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރިކޯޑްސް އޮއްނަ މީހެކެވެ.