މަސްތުވާތަކެތި

ބަނގުރާފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

Dec 31, 2015

ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކުރީ އިއްޔެ ކ. މާފުއްޓަށް ދިޔަ ލޯންޗެއްގައި ހުއްޓަ އެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް ލޯންޗު ބަލައި ފާސްކުރަން އުޅުމުން ބަނގުރާފުޅިތައް ހުރި ފޮށިގަނޑެއް މާފުށީ ފަޅުތެރެއަށް ވައްޓާލި ކަމަށާއި ފަޅުތެރެއަށް ވައްޓާލި ފޮށިގަނޑު ޑައިވްކޮށްގެން ނަގައި، ބަލައިފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން 22 ފުޅި ބަނގުރާ ހުރި ކަމަށެވެ.

ހައްޔަރު ކުރި އެމީހާއަކީ ޓެރަރިޒަމް އާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެކެވެ.