ދިވެހި އިންޑިއާގެ ގުޅުން

"އިންޑިއާއާ ރާއްޖޭގެ ވިޔަފާރި 31 ޕަސެންޓް އިތުރު"

Jun 4, 2022
3

އިންޑިޔާ އާއި ރާއްޖެއާ ދެމެދު ކުރާ ވިޔަފާރި މިދިއަ އަހަރު 31 ޕަސެންޓް ކުރިއަރާފައިވާ ރާއްޖޭގައި ހުންނަވާއި އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިޓް ރިތޭޝް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ކަސްޓަމްސް އޮފިސަރުން، އިންޑިޔާގެ މުމްބާއީގެ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) އަށް ތަމްރީނު ޒިޔާރަތެއް ކުރުމުގެ ކުރިން ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މިދިއަ ބުރާސްފަތި ދުވަހު އެވެ.

ވިޔަފާރީ މުއާމަލާތުގައި ރާއްޖޭގެ ކަސްޓަމްސްގެ ގާބިލުކަން އިތުރު ކުރުމުގެ މައްޗަށް އިޝާރާތް ކުރައްވާ ރޯހިޓް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިނގާ ވިޔަފާރި މުއާމަލާތްތައް އުފުލިފައިވާ ކަމަށާއި 2021 ވަނަ އަހަރުގައި އެ އަދަދުފުރަތަމަ ފަހަރަށް 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުވެ، 323 މިލިއަން އެމެރިކާ ޑޮލަރާއި ހިސާބައްފޯރާފައިވާ ކަމަށެވެ އޭނާ އަދި ވިދާޅުވީ 2021 ވަނަ އަހަރު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރި ފަސް ގައުމުތަކުގެ ތެރޭގައި ވެސް އިންޑިއާ ހިމެނޭ ކަމަށެވެ.

އިންޑިޔާއާއި ރާއްޖޭގެ ދެމެދުގައި ކަސްޓަމްސް ދާއިރާގެ ގުޅުންވަނީ މިދިއަ އަހަރުތަކުގައި ވަރުގަދަވެފައިއެވެ. އެގޮތުން މިހާތަނަށް 100 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީން ދީފައި ވެއެވެ.