މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ ރައީސް ކަމަށް ޝަފާއު

Jun 8, 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް އެ ކައުންސިލްގެ މެންބަރު މުހައްމަދު ޝަފާއު ހަސަން އިންތިހާބު ކޮށްފި އެވެ.

އެމްއެމްސީގެ ރައީސް ކަމަށް ޝަފާއު އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި ޝަހުބާން ފަހުމީ އިސްތިއުފާ ދެއްވުމުން މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި ނުވަ މެންބަރުންގެ ވޯޓުންނެވެ. މިއީ އެއްމްސީގެ ރައީސް ކަމަށް މީޑީއާއަށް ނިސްބަތް ނުވާ ބޭފުޅަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.

ޝަފާއު އަކީ މިހާރުވެސް ރީޖަނަލް އެއާޕޯޓްސްގެ ބޯޑުގަ އާއި ކެއާ ސޮސައިޓީގެ ބޯޑުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. ކުރީން އޭނާ ވަނީ އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

ކައުންސިލްގެ އާ ރައީސް ހޮވަން މިއަދު ބޭއްވި ޖަލްސާގައި ހަ މެންބަރަކު ޖަލްސާގައި ބައިވެރިވެ ވަޑައި ނުގަންނަވަ އެވެ. މިއަދު ބޭއްވި ޖަލްސާއިން ފަސް މެންބަރަކު ވޯކްއަޓް ކުރެއްވި އެވެ.

ޝަފާއު އެމްއެމްސީގެ ރައީސް ކަމަށް އިންތިހާބު ކުރުމުން އޭނާ ވެ ވަޑައިގަންނަވާނީ އެ ކައުންސިލްގެ ހަވަ ދައުރުގެ ދެވަނަ ރައީސަށެވެ. އެމްއެމްސީގެ ކުރީގެ ރައީސް ޝަފާއު މަގާމަށް އިންތިހާބު ކުރުމުގެ ކުރީން އެ މަގާމަގުގައި ހުންނެވި ޝަހުބާން މަގާމުން ދުރު ކުރުމަށް ދެ ފަހަރަށް ވޯޓް ނާގާފައި ވެއެވެ.