ދިރާގު

އައްޑޫ އީދި ސަމާގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

Jul 12, 2022

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި މިހާރު ކުރިއަށް ހިނގަމުންދާ އައްޑޫ "ޢީދި ސަމާ" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި "ޢީދު ސަމާ" ގައި ޢީދު ސައި، މަސް ރޭސް އަދި ބަށި ކުޅުން ފަދަ ޢީދުގެ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. މި ހަރަކާތްތަކުގެ ތެރެއިން އައްޑު އަތޮޅު މަރަދޫ އަދި ހިތަދޫގައި އޮންނަ ޢީދު އާއިލީ ހަވީރާއި ފަޔާވޯކްސް އެންޑް ޢީދު މިއުޒިކް ޝޯ އަށް ދިރާގު އެއްބާރުލުންދޭނެ އެވެ.

މި ފަދަ އިޖްތިމާޢީ އަދި ސަގާފީ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ. މިގޮތުން ރަށްރަށުގެ އެކި ޖަމާޢަތްތަކާއި ގުޅިގެން މިފަދަ އިވެންޓްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގުން އަބަދުވެސް ކުރަމުންގެންދާ މަސައްކަތެކެވެ.

ދިރާގުން ދަނީ ރާއްޖޭގެ ސަގާފީ އާދަކާދަތައް ކުރިއަރުވައި ދެމެހެއްޓުމަށް ހިންގާ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ކެނޑިނޭޅި އެއްބާރުލުންދެމުންނެވެ.