މޯލްޑިވްސް ޕޮލިސް ސާވިސް

ދިވެހިންނާއި އިންޑިއާ ބައެއްގެ މެދުގައި މާރާމާރީއެއް، ދިވެއްސަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ދިވެހިންތަކަކާއި އިންޑިއާ ބަޔަކާ ދެމެދު ހަމަނުޖެހުމެއް ހިންގުމާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ 9:00 ހާއިރު ރިޕޯޓްކޮށްފައިވާ މިމައްސަލަ އާއި ގުޅިގެން އެކަކު ހައްޔަރުކޮށް މައްސަލައިގައި ހިމެނޭ އެހެން މީހުން ހޯދައި ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހަމަނުޖެހުމުގައި ދެ މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެތަނުގައި މިހާރު ފަރުވާ ދެނީ އެންމެ މީހަކަށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މަރާމާރީ ހިންގަން މެދުވެރިވި ވަކި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މި ހަމަނުޖެހުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.