މޯލްޑިވްސް އިމިގްރޭޝަން

ހުޅުމާލެއިން ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލެއިން ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: އިމިގްރޭޝަން
0%
0%
0%

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ހުޅުމާލޭގައި ހިންގާ ބޯކޮށާ ތަންތަނަށް އަމާޒުކޮށްގެން އިއްޔެ ހިންގި ރެއިޑުގައި ހަ ތަނެއް ބަލައިފާސްކޮށް ހަތަރު ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

އެތަންތަނުގައި ގަވާއިދާ ހިލާފަށް އުޅުނު ހަތް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ކޮފީ އަދި ޓޭކްއަވޭ ފިހާރަތަކަށް ހާއްސަކޮށް އަންގާރަ ދުވަހު ހަވީރު ހިންގި ރެއިޑެއްގައި ހަތް ތަނެއް ބަލައި ފާސްކޮށްފަ އެވެ. މި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ހުޅުމާލޭގައި ހުރި ބޯކޮށާ ތަނެއްގައި ބިދޭސީންތަކެއް -- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މި ފަހުން ފެށި އޮޕަރޭޝަންގައި ވީރާނާވެފައިވާ ގެއެއްގައި ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއްވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފަ އެވެ. އަދި އެތައް ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިވަގުތުވެސް އެބަތިއްބެވެ.

ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ވަށާޖެހޭ ހައްލެއް ގެންނާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަނީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345