ރާއްޖޭގައި ވޯކް ވިސާގައި އުޅެމުން ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުން ދިޔަ ދެ ބިސޭއަކު ޑީޕޯޓްކޮށްލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވޯކް ވިސާގައި އުޅެމުންދިޔަ ތިން ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހުންވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެތެރެއިން ދެ މީހަކު ޑީޕޯޓްކޮށްފައިވާއިރު އަނެއް މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.