ޖޭއެސްސީ

ފަނޑިޔާރުން ހަދިޔާ ބަލައިގަނެގެން ނުވާނެ: ޖޭއެސްސީ

Nov 17, 2022
2

ފަނޑިޔާރުންނަށް ލިބޭ ހަދިޔާ ކޯޓުތަކާ ހަވާލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެެވެ.

ޖޭއެސްސީން ނެރެފައިވާ ސާކިއުލާއެއްގައި ފަނޑިޔާރުންނަށް އަންގާފައިވަނީ ފަނޑިޔާރުން ހަދިޔާ ބަލައިނުގަތުމަށާއި ހަދިޔާއެއް ލިބުނަސް އެ ހަދިޔާ ކޯޓުތަކާ ހަވާލުކުރުމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހަވާލާދީ ސާކިއުލާގައި ބުނެފައިވަނީ ރިޝްވަތަކަށް ވެދާނެ އެއްޗެއް ފަނޑިޔާރުން ބަލައިގަތުމަކޯީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން ތަފާތު މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ޑިޕްލޮމެޓިކް މިޝަންތަކާއި ޖަމާއަތްތަކުން ފޮނުވާ ހަދިޔާތައް ވެސް ކޯޓާ ހަވާލުކުރުމަށް ސާކިއުލާގައި ފަނޑިޔާރުންނަށް އަންގާފައިވެ އެވެ.

ސާކިއުލާގައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ހަނދާންކޮށްދީފަ އެވެ.