ސިވިލް ކޯޓް

ސިވިލް ކޯޓުގެ އިސް ގާޒީގެ މައްސަލައެއް ޖޭއެސްސީއަށް

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް މަރިޔަމް ވަހީދު އައްޔަންކުރައްވާ އޭނާއަށް ޖޭއެސްސީގެ ކުރީގެ ރައީސް ހިސާން ހުސައިން (ވ)ގައި މަގާމުގެ ލިޔުން ހަވާލުކުރައްވަނީ
0%
0%
0%

ސިވިލް ކޯޓުގެ އިސް ގާޒީއާ މަރިޔަމް ވަހީދުއާ ގުޅޭ ޝަކުވާތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީއާއި އޭސީސީއަށް މިދިޔަ ބުދަ ދުވަހު މަރިޔަމްގެ މައްސަލަތަކެއް ހުށަހެޅީ ސިވިލް ކޯޓުގެ ބައެއް މުވައްޒަފުންނެވެ.

މައިގަނޑު ގޮތެއްގައި މުވައްޒަފުންގެ ޝަކުވާ އަކީ ތަނުގެ ވެރިންނަށް ފެންނަ ބަޔަކު ވެރިންގެ ނުފޫޒުން މަގާމުތަކަށް ނެގުމެވެ. އަދި މުވައްޒަފުން ނެގުމުގެ ކުރިން ދޭ އިމްތިހާން ވަކި ބަޔަކަށް ފަސޭހަވާ ގޮތަށް ހަދައިދިނުމާއި އިންޓަވިއުގައި ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަން އިސް ގާޒީ މަރިޔަމް ހިމެނޭހެން ތަނުގެ ބައެއް ވެރިން ތައްޔާރުކޮށްދޭ މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ސީދާ މަރިޔަމްގެ އޮފީހުގެ ލޮގިން ބޭނުންކޮށްގެން ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށްދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

"ޕްރެޒެންޓޭޝަން ތައްޔާރު ކޮށްފައިވަނީ އިސް ގާޒީގެ ލޮގިން ބޭނުން ކޮށްގެން މުވައްޒަފަކުނަމަ ކޯޓުގެ އިދާރީ މުވައްޒަފަކަށް ގާޒީގެ ލޮގިން ދިނުމަކީ ސުލޫކީ މިންގަނޑުން ބޭރު ކަމެކެވެ،" ޝަކުވާގައިވެ އެވެ.

މުވައްޒަފުން ހުށަހެޅި ލިޔުމުގައި ވަނީ މައްސަލަ ހުށަހެޅުމާ އެކު އެ މީހުންނަށް ވަޒީފާގެ ބިރު އޮންނާނެތީ އެކަމަށް ރައްކާތެރިކަން ބޭނުންވާ ކަމަށްވެސް އެދިފަ އެވެ.

ޖޭއެސްސީ އިން މީގެކުރިންވެސް މަރިޔަމް ވަހީދުގެ ބައެއް މައްސަލަތައް ބަލާފައިވެ އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް މަރިޔަމް ވަހީދު އައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345