ޖޭއެސްސީ

ސިވިލް ކޯޓުގެ ގާޒީ ކަމަށް ޒާލިފް އައްޔަންކުރަން ނިންމައިފި

ގއ. ގެމަނަފުށި، އޯކިޑުމާގެ، އާދަމް ޒާލިފް
0%
0%
0%

ސިވިލް ކޯޓުގެ ގާޒީ ކަމަށް ގއ. ގެމަނަފުށި، އޯކިޑުމާގެ، އާދަމް ޒާލިފް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް އާދަމް ޒާލިފް އައްޔަންކުރުމަށް ނިންމީ ފަނޑިޔާރުން އައްޔަންކުރުމުގައި ޖޭއެސްސީއަށް ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށްފަހު އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

އާދަމް ޒާލިފްއަކީ ވިލާ ކޮލެޖްއިން ބެޗްލާ އޮފް ޝަރީއާ އާއި މާސްޓާ އޮފް ޝަރީއާ ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުޢީ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު ޒާލިފް އަދާކުރެއްވި އެވެ.

ޒާލިފް ގާޒީ ކަމަށް އައްޔަންކުރަން ނިންމިއިރު އޭ.އެންޑް ޒެޑް އެސޯސިއޭޓްސް އެލް.އެލް.ޕީގެ މެނޭޖިން ޕާޓްނަރުގެ މަގާމު އައީ އަދާ ކުރައްވަމުންނެވެ.

ސިވިލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީ އިން އިއުލާނު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު އެވެ.

އެ ކޯޓުގެ ގާޒީކަމުގެ މަގާމަށް އިއުލާނު ކުރުމުން ކުރިމަތިލެއްވީ 15 ބޭފުޅުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345