ޖޭއެސްސީ

ޝަހީދު އާއި މަރިޔަމް ވަހީދު މަގާމަށް އައްޔަންކޮށްފި

ޖޭއެެސްސީގެ ރައީސް ހިސާން އާއި އެކު ޝަހީދު އަދި މަރިޔަމް ވަހީދު -- ފޮޓޯ: ޖޭއެސްސީ
0%
0%
0%

ހައިކޯޓާއި ސިވިލް ކޯޓުގެ އިސް ފަނޑިޔާރުންގެ މަގާމަށް ހަމަޖައްސަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކޮށްފި އެވެ.

ޖޭއެސްސީގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

މިރަސްމިއްޔާތުގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް މިއަދު އައްޔަންކުރީ އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް މިއަދު އައްޔަންކުރީ އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އެވެ.

ޖޭއެސްސީ އިން ހައިކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލުމުން ފުރަތަމަ ފަހަރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. ދެވަނަ ފަހަރަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ޝަހީދު އެކަންޏެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ހުޅުވާލުމުން މަރިޔަމް ވަހީދުގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރު ވެސް ކުރިމަތިލެއްވި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި ހާތިފް ހިލްމީ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި ގާޒީ އަހްމަދު ނިމާލް މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345