ހައިކޯޓް

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަރްހީޒާ

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ހަމަޖައްސައިފި އެވެ.

ފަރްހީޒާ އިސްތިއުނާފް މަޖިލީހަށް ހަމަޖައްސާފައިވަނީ އިސްތިއުނާފު މަޖިލީހުގެ ކުރީގެ ފަނޑިޔާރު، ޝުއައިބް ހުސައިން ޒަކަރިއްޔާ ރިޓަޔާ ކުރެއްވުމުންނެވެ.

އިސްތިއުނާފް މަޖިލީހުގައި ދެން ތިއްބަވަނީ ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ނިންމާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފް ކުރެވޭ މައްސަލަތައް ބަލައި އެ މައްސަލަތަކާއި ބެހޭ ގޮތުން ގޮތް ނިންމާނީ އިސްތިއުނާފު މަޖިލީހުންނެވެ.

ފަރްހީޒާ ހައިކޯޓުގެ ފަނޑިޔާރުކަަމަށް އައްޔަނުކުރެއްވީ މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

އޭނާ ވަނީ މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީން، ކޯޕަރޭޓް ލޯގެ ދާއިރާ އިން މާސްޓާސް ޑިގްރީ ވެސް ހާސިލުކުރައްވާފަ އެވެ.