ހައިކޯޓް

ހައިކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ހާމަކޮށްފި

Nov 30, 2022

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތު ހާމަކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޝުއައިބު ހުސައިން ޒަކަރިއްޔާ މިމަހުގެ 22 ވަނަ ދުވަހު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • ޒީނަތު އަލީ - ދަފްތަރު. ނަންބަރު 2616 މާލެ
  • މުޙައްމަދު ޝަނީޒް އަބްދުﷲ - ހަނދުވަރީނާޒް، ގދ. ގައްދޫ
  • މަރިޔަމް ވަހީދު - ބެލޫން، ސ. ފޭދޫ
  • ރުޝްދުﷲ އިބްރާހީމް - ޖަވާހިރުމާގެ، ބ. މާޅޮސް
  • ފައްޔާޒު ޝާތިރު - ހަސަންކާރިގެ، ސ. މީދޫ

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަ އެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގެ ގޮތުގައި ހުންނެވި ހާތިފް ހިލްމީ ވެސް ވަނީ މިމަހު ރިޓަޔާ ކުރައްވާފަ އެވެ.