ގދ. ގައްދޫގައި ގޭދޮށު މަސް ފެކްޓަރީ އަޅަން ސިލިކް ލަންކާ ކިޔާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ގައްދޫ ކައުންސިލާއި ސިލިކްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔުާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފަސް މިލިއަން ޑޮލަރުގެ މިމަޝްރޫއުގެ ދަށުން މަސް ފެކްޓަރީ ހަދަން ހަމަޖެހިފައިވަނީ މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭ ގޮތަށެވެ.
މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް
- 100 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުން
- 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓެއް ގާއިމުކުރުން
- 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ގާއިމުކުރުން
- އެއް މިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއް ގާއިމުކުރުން
- ބްލާސްޓް ފްރީޒައެއް ބެހެއްޓުން
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މިމަޝްރޫއުގެ މަސައްކަތް ފަށާތާ އެއް އަހަރުގެ ތެރޭގައި މަޝްރޫއު ނިންމުމަށް ގައްދޫ ކައުންސިލުން މަސައްކަތް ކުރެ އެވެ.
ސަރުކާރުގެ މަސް ކުންފުނި -- މިފްކޯ އިން ވަނީ ގައްދޫގައި މިހާރު ހުރި 25 ޓަނުގެ އައިސް ޕްލާންޓް 50 ޓަނުގެ ތަނަކަށް ހެދުމަށް ނިންމާ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ.