މަސްތުވާތަކެތި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުޑަކުއްޖަކާއި މީހަކު ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފި

Jan 25, 2016

މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ މީހަކާއި ކުޑަކުއްޖަކު ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ. އެ ދެ މީހުން ހައްޔަރު ކުރީ ހދ. ނޮޅިވަރަންފަރުންނެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށް ހަށިގަނޑާއި ދިރިއުޅޭތަން ބަލައިފާސްކުރިއިރު ކުޑަކުއްޖާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓް ފެނިފައިވާއިރު އޭނާގެ ކައިރީ ބިންމަތިންވެސް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް ފެނުނު ކަމަށާއި އޭނާ ދިރިއުޅޭ ކޮޓަރިން ވެސް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓާއި 1100ރ. ފެނުނު ކަމަށެވެ.

އަނެއް މީހާ ބަލައިފާސްކުރިއިރު 10،000ރ އާއި 200 އެމެރިކާ ޑޮލަރު ފެނުނު އިރު ދެމީހުންގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން 16 އަހަރުގެ ކުއްޖާވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އެވެ.މި ކުއްޖާ އަކީ މަސްތުވާތައްޗާއި މާރާމާރީ އާއި މުދަލަށް ގެއްލުން ދިނުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުމުގެ ރެކޯޑްސް އޮންނަ ކުއްޖެކެވެ.