މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Jan 30, 2023
1

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ހއ. އާއި ހދ. އަދި ށ. އަތޮޅު ހިމެނޭ ސަރަހައްދުން ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ފިރިހެނެކެވެ.

މި މީހާ ހައްޔަރުކުރީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގަ އެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ކޯޓު އަމުރެއްގެ ދަށުން މި މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން އަބަދުވެސް ބުނަމުންނެވެ.