އެޗްޑީސީ

ހިޔާ ސަރަހައްދުގައި ކުޑަ ކުދިންނަށް ހާއްސަ ޕާކެއް

Feb 2, 2023

ހިޔާ ސަރަހައްދުގައި ކުޑަ ކުދިންނަށް ހާއްސަ ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން ބުނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަރައްގީކުރާ ޕާކްގައި ކުޑަ ކުދިން ކުޅޭނެ ގިނަ ސާމާނުތައް ބަހައްޓާފައިވާ ކަމަށެވެ. އަދި އާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން ހިޔާ ޓަވަރުތަކުގެ މެދުގައި ހުންނަ ހުސް ޖާގަތައް އެދެވޭ ގޮތެއްގައި ބޭނުން ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކާއި ގުޅިގެން ޕޮކެޓް ޕާކްތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި މި ސަރަހައްދުތަކުގައި ގަސް އިންދާނެ އެވެ. އަދި އާންމުންނަށް ބޭނުން ހިފޭނެ ގިނަ ކަންތައްތަކެއް ހިމަނާނެ އެވެ.

ޕޮކެޓް ޕާކްތައް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކުރުމުގެ މަގު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ވަނި ބުނެފަ އެވެ.

ހިޔާ ސަރަހައްދުގައި ޕާކްތަކެއް ތަރައްގީކުރާއިރު ހުޅުމާލޭގައި ކޮންޓެއިނާ ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ހިޔާ ފްލެޓުތަކުގައި މިހާރު 30،000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދެ އެވެ.