އެޗްޑީސީ

ހުޅުމާލޭގެ ބިން ހިއްކާ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެޗްޑީސީ އިން އަންގައިފި އެވެ.

އެޗްޑީސީ އިން މިފަހަރު އަންގާފައިވަނީ ބިން ހިއްކަމުންދާ ސަރަހައްދުގެ ސައިޓް ބީގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށެވެ.

އުޅަނދުތައް ނެގުމަށް ފުރުސަތު ދީފައިވަނީ މާދަމާ ރޭ މެންދަމު 12:00ގެ ނިޔަލަށެވެ.

"މިގޮތުން ނެގޭ އުޅަނދުތައް މިސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ވާނީ ފަހިކޮށްދެވިފަ އެވެ." އެޗްޑީސީ އިން ނެރުނު ބަޔާނުގައިވެ އެވެ.


ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހާއްސަކޮށްގެންނެވެ.