މަސްތުވާތަކެތި

24 ކިލޯގެ މައްސަލާގައި "ދޮގު ހެކި" ދިން މީހުންގެ މައްސަލަ ބަލަން އަންގައިފި

Jan 26, 2016

ދެހާސް ސާދަ ވަނަ އަހަރު ކަނޑުމަގުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ހެކިބަސް ދިން ތިން މީހަކު ތަހުގީގު ބަޔާނާ ޚިލާފަށް ކޯޓުގައި ހެކިބަސް ދިނުމުން އެ މައްސަލަ ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އަންގަވައިފި އެވެ.

މަސްތުވާތަކެތީގެ މި މައްސަލާގައި ދެ މީހަކަށް ދައުވާ ކުތި އެވެ. އެއީ ގ. ޓްރަސްޓްހޯމް، އިސްމާއިލް މޫސާ އާއި ހ. އެވާޕީސް އަބްދުﷲ ސޮފްވަތެވެ. މި މައްސަލައިގެ ތަހުގީގުގައި ހެކިބަސް ދިން ގޮތާ ހިލާފަށް ކޯޓުގައި ހެކިބަސް ދިނީ މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމުގަ އެވެ. އެ ދުވަހު ތިން މީހުން ވެސް ހެކިބަސް ދިނީ ފުލުހުންގެ ތަހުގީގަށް ކިޔައިދިން ގޮތާ ހިލާފަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

އީރާނުގެ މަސްބޯޓަކުން ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން 24 ކިލޯގެ މަސްތުވާތަކެތި ގެނައު މަގުމަތީގައި އަތުލައިގަތީ ފުލުހުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.